މެންޑޭޓް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: 16/2009/30/ސީބީއޯ(ޖީއާރު)-1 (11 ފެބްރުއަރީ 2009) ސިޓީއާއެކުގައިވާ ފައިނަލް މެންޑޭޓް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަސައްކަތްތައް

 

1. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި، ފޮރެސްޓްރީ ދެމެހެއްޓެނިވި ގޮތެއްގެމަތިން ތަރައްޤީކުރުމަށާއި، މިދާއިރާތަކުން ލިބޭ އާމްދަނީ އިތުރުކުރުމާބެހޭ ސިޔާސަތު ކަނޑައަޅައި ރޭވުންތައް ރާވައި، ހިންގާ ބެލެހެއްޓުން.


2. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި، ފޮރެސްޓްރީ ދެމެހެއްޓެނިވި ގޮތެއްގެމަތިން ތަރައްޤީ ކުރުމަށާއި، މިދާއިރާތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީތައް އެކުލަވާލައި، ގަވާޢިދުތަކާއި އުސޫލުތައް ހަދައި ހިންގުން.


3. ރާއްޖޭގެ ކަނޑާއި، ކަނޑު އަޑީގެ ބިންގަނޑާއި ހިކިފަސް ބިމާއި، ބިމުއަޑީގެ ތަޙްލީލުތައްކޮށް ދިރާސާކުރުމަށް ހުއްދަ ދެވޭނެ އުސޫލުތަކާއި ގަވާޢިދުތައް ކަނޑައަޅައި އެގަވާޢިދުތައް ހިންގުން.


4. ރާއްޖޭގެ ފަޅުރަށްރަށް، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ ތަންތަނުގެ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ބެލެހެއްޓުމަށް ގަވާޢިދުތައް ހަދައި، ހިންގުން.


5. ރާއްޖޭގެ ކަނޑާއި، ކަނޑުގެ އަޑީގެ ބިމާއި، ކަނޑުގެ ބިމުގެ އަޑީގައި މެރިން ސްޓްރަކްޗަރތައް ގާއިމްކުރުމާގުޅޭ އުސޫލުތަކާއި ގަވާއިދުތައް ހަދައި ހިންގުން.


6. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތުގެ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ހަދައި ހިންގައި ބެލެހެއްޓުން.


7. ދަނޑުވެރިކަމުގެ މަސައްކަތަށް ފަސްގަނޑާއި، ފެނުގެ ބޭނުންކުރާނެ ގޮތުގެ ގަވާޢިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި އެގަވާއިދުތައް ހިންގުމާއި، ކަމާގުޅޭ ތަހުލީލުތައް ކުރުން.


8. ދަނޑުވެރިކަމާ ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ ދިރާސާ ކުރުމާއި، އެފަދަ ދިރާސާތައް ކުރުމަށް ހުއްދަދެވޭ އުސޫލުތަކާއި ގަވާއިދުތައް ހަދައި ހިންގުން.


9. މަސްވެރިކަމާއި ކަނޑުގެ އެހެނިހެން މުއްސަނދިކަން ބޭނުންކުރުމާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްސް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމުގެ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި ހިންގާ ބެލެހެއްޓުން.


10. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި ފޮރެސްޓްރީގެ ރޮނގުން އިޤްތިޞާދީ އަދި އިޖްތިމާޢީ ހާލަތު ރަނގަޅުކުރެވޭފަދަ މަޝްރޫޢުތައް ރާވައި ހިންގުން.


11. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި، ފޮރެސްޓްރީގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، އުފައްދާ ތަކެތި ރަނގަޅު ފެންވަރެއްގައި އުފައްދަމުން ގެންދިއުމަށް ބޭނުންވާ ގޮތްތައް ހޯދައި ތަޢާރަފްކުރުން.


12. މަސްވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި، ދަނޑުވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ މާލީ، ފަންނީ އަދި އެހެނިހެން ވަސީލަތްތަކާއި، ޚިދްމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން

.
13. މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑާބެހޭ ތަޢްލީމީ ނިޒާމް ތަރައްޤީކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެ މަޢްލޫމާތު ފޯރުކޮށްދިނުން.

 

14. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި ފޮރެސްޓްރީ ތަރައްޤީކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން.


15. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި ފޮރެސްޓްރީގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، އުފައްދާ ތަކެތި ރަނގަޅު ފެންވަރެއްގައި އުފައްދަމުން ގެންދިއުމަށް ބޭނުންވާ ގޮތްތައް ހޯދައި ތަޢާރަފްކުރުން.


16. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި ފޮރެސްޓްރީ ތަރައްޤީކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުމާއި، މީހުން ބިނާކުރުން

.
17. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި ފޮރެސްޓްރީގެ ވަޒީފާތައް ޕްރޮފެޝަނަލައިޒްކުރުން

.
18. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި ފޮރެސްޓްރީގެ މުއްސަނދިކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް މަސްވެރި އަދި ދަނޑުވެރި މުޖުތަމަޢުތަކުގެ ޤާބިލްކަން އިތުރުކުރުން

.
19. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި ދަނޑުވެރިކަމާއި ފޮރެސްޓްރީ ތަރައްޤީކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ބައިލެޓަރަލް، މަލްޓިލެޓަރަލް، ރީޖަނަލް އަދި އިންޓަރނޭޝަނަލް މަރުކަޒުތަކާއި ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން

.
20. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި ދަނޑުވެރިކަމާއި ފޮރެސްޓްރީ ތަރައްޤީކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ބައިލެޓަރަލް، މަލްޓިލެޓަރަލް، ރީޖަނަލް އަދި އިންޓަރނޭޝަނަލް އެއްބަސްވުންތަކާއި މުޢާހަދާތަކުގައި ބައިވެރިވެ، ތަންފީޒުކުރުން.


21. ކަނޑުގައި ހިމެނޭ ޤުދުރަތީ ވަސީލަތްތަކާއި ދަނޑުވެރިކަމާ ގުޅުންހުރި ޤުދުރަތީ ވަސީލަތްތަކުގެ ނަމޫނާ ނަގައި އެއްކޮށް ކެޓަލޮގުކޮށް ރިފަރެންސް ކަލެކްޝަނެއްގެ ގޮތުގައި ބެލެހެއްޓުން

.
22. އެކުއަރކަލްޗަރ ތަޢާރަފުކޮށް ރާވައި ހިންގާ ބެލެހެއްޓުން

.
23. ޕޯލްޓްރީއާއި އެނިމަލް ހަޒްބަންޑަރީ ތަޢާރުފުކޮށް ރާވައި ހިންގާ ބެލެހެއްޓުން

.
24. މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ޕޯސްޓް ހާވެސްޓް އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ގޮތްތައް ހޯދައި، ތަޢާރަފުކޮށް ތަރައްޤީކުރުން

.
25. މަސްވެރިކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި، މަސްވެރިކަމުގެ މާހައުލާގުޅޭ ތަޙްލީލުތައް ކުރުން

.
26. ތަރައްޤީގެ ކަންތައްތައް ރޭވުމަށާއި ސިނާޢަތު ތަރައްޤީކުރުމަށް ބޭނުންވާ މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި ފޮރެސްޓްރީގެ ތަފާސް ހިސާބާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ މަޢްލޫމާތު އެއްކޮށް، ދިރާސާކޮށް، ޝާއިޢުކުރުން

.
27. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި ފޮރެސްޓްރީގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ހިފޭނޭ މިންވަރު ކަނޑައަޅައި މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމްކޮށް ހިންގާ ބެލެހެއްޓުން.


28. މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި ފޮރެސްޓްރީއާ ގުޅުންހުރި ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން

.
29. ދިރުންހުރި ކަނޑުގެ ބާވަތްތަކާއި، ކަނޑުގެ ސަރަޙައްދުތައް ޚާއްޞަ ބޭނުމަށްޓަކައި ހިމާޔަތްކުރުން.


30. ގަސްގަހާ ގެއްސާއި، ދަނޑުވެރިކަމަށް ފާއިދާކުރަނިވި ދިރޭތަކެތި ހިމާޔަތްކޮށް ދެމެހެއްޓުމާއި، އެކަންކަމަށް ބޭނުންވާ ސަރަޙައްދުތައް ހިމާޔަތްކޮށް ދެމެހެއްޓުން.


31. ރާއްޖޭގައި ގަސްގަހާ ގެއްސާއި، މަސްމަހާ މެއްސާއި އެހެނިހެން ޖަނަވާރާބެހޭ ކަރަންޓީނުގެ ނިޒާމެއް ގާއިމްކޮށް ހިންގުން

.
32. ރާއްޖޭގެ ފަޅުރަށްރަށް، ފަރު، ފަޅު، ހާ، ތިލަ އަދި ގިރިފަދަ ތަންތަން ކުއްޔަށްދިނުމާއި، ވަރުވާއަށް ލިޔެދިނުން

.

33. ރުއް ލަކުޑިއާއި، ފުރަބަންޑާރަ ލަކުޑިއާބެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން

.
34. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.


މެރިންރިސާރޗް ސެންޓަރ ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ދަށުންނެވެ.
މެރީން ރިސާރޗް ސެންޓަރުގެ މަސައްކަތްތައް

 

1. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާގުޅޭ ސިޔާސަތު ކަނޑައެޅުމަށް ބޭނުންވާ މަޢްލޫމާތާއި ލަފައާއި މަޝްވަރާދިނުން

.
2. ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްޤީކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ ބައިލޮޖިކަލް އަދި އިކޮލޮޖިކަލް ދިރާސާކޮށް، މަޢްލޫމާތު އެއްކޮށް ބަލަހައްޓާ ހާމަކުރުން

.
3. ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގެ ހޭލުންތެރިކަން އުފެއްދުމަށް ބޭނުންވާ މަޢްލޫމާތު ފޯރުކޮށްދިނުން.


4. ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ކަނޑުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗަރއާ ގުޅޭ ބައިލޮޖިކަލް އަދި އިކޮލޮޖިކަލް ދިރާސާކުރުން.


5. ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ނަމޫނާ ނަގައި އެތަކެތި ދެނެގަނެ، ކެޓަލޮގްކޮށް އެތަކެތި ބެލެހެއްޓުން.


6. ރާއްޖެއިން މަދުވަމުންދާ ކަނޑުގެ ބާވަތްތައް ދެނެގަނެ، ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ގޮތުން މަޢްލޫމާތާއި ލަފައާއި އިރުޝާދު ދިނުން.


7. ރާއްޖޭގެ ފަރުތައް ދިރުވައި، މަސްވެރިކަމަށް ފައިދާވާނެ ގޮތުގެމަތިން ފަރުތައް ބެލެހެއްޓޭނެ ގޮތުގެ ދިރާސާކޮށް އެކަމާބެހޭ މަޢްލޫމާތު އެއްކޮށް ޢަމަލީގޮތުން ކުރެވެންހުރި ކަންތައްތައް ކުރުން.

 

8. މަސްވެރިކަމާއި ކަނޑުގެ ތަޙުލީލުތައް ކުރުމަށް ދޭ ފަރާތްތަކަށް ހުއްދަ ދިނުމަށް މިނިސްޓްރީއަށް ބޭނުންވާ ލަފައާއި، މަޝްވަރާދިނުން.

 

9. މަސްވެރިކަމާއި ކަނޑުގެ މާހައުލާބެހޭ ތަޢްލީމީ ނިޒާމް ތަރައްޤީކޮށް، ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެ މަޢްލޫމާތު ފޯރުކޮށްދިނުން.

 

11 ފެބްރުއަރީ 2009