2018 ވަނައަހަރުގެ 3 ވަނަ އޮއިވާލި ކަނޑުފަތި ދަތުރުތައް

2018 ވަނައަހަރުގެ 3 ވަނަ އޮއިވާލި ކަނޑުފަތި ދަތުރުތައް 31 ޖުލައިގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުގައި ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ :-

ރ. މީދޫ

 

ޅ. އޮޅުވެލިފުށި

 

ކ. ގާފަރު

 

ކ. މާފުށި

 

ލ.ހިތަދޫ

FAD

ސީފްޑް އެކްސްޕޯ ގްލޯބަލް / ސީފްޑް ޕްރޮސެސިންގ ގްލޯބަލް ފެއަރ ބެލްޖިއަމްގެ ބުރަސަލްގައި ފެށިއްޖެ

ދުނިޔޭގައި ބާއްވާ އެންމެބޮޑު ސީފުޑް އެކްސްޕޯ، 24 އޭޕްރީލް 2018 ވީ އަންގާރަ ދުވަހު ބެލްޖިއަމްގެ ބުރުސަލްސްގައި ފެށިއްޖެއެވެ. މިއެކްސްޕޯގައި ދުނިޔޭގެ ސީފުޑްގެ ވިޔަފާރީގައި ޚަރަކާތްތެރިވާ 1,850 އަށްވުރެ ގިނަ ކުންފުނިތަކަކުން ބައިވެރިވެފައިވެއެވެ. އަދި 79 ޤައުމުން މިއެކްސްޕޯގައި ބައިވެރިވެއެވެ. މިފެއަރ ޙާއްސަ ކުރެވިފައިވަނީ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމަށާއި މަސްވެރިކަމުގެ އިންޑަސްޓްރީއަށް ބޭނުންވާ ވަޞީލަތްތައް

އިސްތިހާރުކުރުމަށެވެ

މިއެކްސްޕޯގައި ދިވެހިރާއްޖޭން ބައިވެރިވީ، މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި މޯލްޑިވްސް ސީފްޑް ޕްރޯސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ) އާ ގުޅިގެންނެވެ. މިގޮތުން ރާއްޖޭގެ ފަރާތުން މިމިނިސްޓްރީގެ އިތުރުން ބައިވެރިވީ އެމް.އެސް.ޕީ.އީ.އޭގެ މެމްބަރު ކުންފުނިތަކަކެވެ. މިކުންފުނިތަކުގެ؛ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)، މޯލްޑިވް މެރިން ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް، އޯޝަން ހަންޓަރ ޕްރައިވެޓް ލިމިޓެޑް، ސީސްޕެއަރ މޯލްޑިވްސް، ޔޫރޯ ގްލޯބަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އޯޝަން ފުރެޝް

ޕްރައިވެޓް ލިމިޓެޑް، އޯޝަން ސީފްޑް ޕްވައިވެޓް ލިމިޓެޑް، ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އަދި ސީޕްރިއާ

މެރިން ފުޑްސް ޕްވައިވެޓް ލިމިޓެޑް ހިމެނެއެވެ

މިފަދަ އެކްސްޕޯތަކުގައި ރާއްޖެ ބައިވެރިވެ، ރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓްކުރުމުގެ ފުރުޞަތު ތަނަވަސްވެގެން މިދަނީ ދިވެހިމަސްވެރިން ބާނާ މަހަށް އެވަގުތަކު ދުނިޔޭގެ ބާޒާރުގައި ހުރި އަގު ލިއްބައިދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް އިތުރު ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައެވެ. މިއެކްސްޕޯގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމަށް އިތުރު ފުރުޞަތުތަކެއް ލިބި ދިވެހިރާއްޖޭގެ މަހުގެ ވިޔަފާރި ފުޅާވެގެންދާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ

މިއެކްސްޕޯ ކުރިޔަށް ދާނީ މިމަހުގެ 24 އިން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއެކްސްޕޯގެ ދިވެހިރާއްޖޭގެ ސްޓޯލް ވިސިޓް މޯލްޑިވްސް އިޝްތިހާރުކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އިން ވަނީ ސްޕޮންސަރ ކޮށްފައެވެ

 

 

 އިޢުލާން  ޑައުންލޯޑް

 

Belgium Fair

ދިވެހިރާއްޖެ އާއި އެފް.އޭ.އޯ ދެމެދު ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާ އެހީތެރިވުމަށް ސީ.ޕީ.އެފް އެއްގައި ސޮއިކުރައްވަފި

FAO CPF

 

ޔުނައިޓަޑް ނޭޝަންސްގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާ (އެފް.އޭ،އޯ) އިން ރާއްޖޭގެ ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާ އެހީތެރިވެދިނުމަށް އައު ކަންޓްރީ ޕްރޮގްރާމިންގް ފްރޭމްވާރކް (ސީ.ޕީ.އެފް.) އެއްގައި ސައިކުރައްވައި ފިއެވެ. މި ސީ.ޕީ.އެފް ގެ ދަށުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވަނީ 2018-2020 އަށެވެ.  މި ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ސޮއިކުރެވުނު މި އެއްބަސްވުމުގައި، ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑރ.މުހައްމަދު ޝައިނީއެވެ. އަދި އެފް.އޭ.އޯ ގެ ފަރާތުން ސައިކުރެއްވީ، ދިވެހިރާއްޖެއަށް އެފް.އޭ.އޯ އިން ކަނޑައަޅުއްވައިފައި ހުންނަވާ ރެޕްރެޒެންޓޭޓިވް މިސް ނީނާ ބާންޑްސްޓްރަޕް އެވެ.

އެފް.އޭ.އޯގެ ރެޕްރެޒެންޓޭޓިވް، ނީނާ ބްރޭންޑްސްޓްރަޕް ފާހަގަކުރެއްވި ގޮތުގައި މި ސީ.ޕީ.އެފް  އަކީ ރާއްޖޭގައި ކާނާގެ ޔަގީންކަން ހޯދައިދިނުމުގެ އިތުރަށް މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއިއެކު ދަނޑުވެރިކަމާއި މަސްވެރިކަމާއި އެކުއަކަލްޗަރ، ގެ ދާއިރާ ފުޅާކޮށް މިމަސައްކަތުން ދިވެހިރައްޔިތުންނަށް ހާއްސަކޮށް ރަށްފުށުގައި ދިރިއުޅުއްވާ

ފަރާތްތަކަށް ލިބޭ އާމްދަނީ އިތުރުކުރަމަށް އެފް.އޭ.އޯ އިން ފޯރުކޮށްދޭ އެހީ ރާއްޖެއާއި ހަމަޔަށް ފޯރުކޮށްދިނުމަށް އެކުލަވާލެވިފައިވާ ޕްލޭން އެކެވެ.

 

ސީ.ޕީ.އެފް 2018-2020 ގައި  މައިގަންޑު 3 އައުޓްކަމް އެއް ފާހަގަ ކުރައްވައިފައިވެއެވެ. މިގޮތުން ހާއްސަކަމެއްދެއްވައިފައިވަނީ، ރާޢްޖޭގައި ކާނާ އުފެއްދުން އިތުރު އަދި ފުޅާ ކުރުމާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތައް ވެލިއު އެޑް ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މަސްވެރިކަމާއި ދަނޑުވެރިކަމަށް އަންނަ ބަދަލުތައް ދެނެގަނެ، ކަމާއި ގުޅުންހުރި ގުދްރަތީ ވަސީލަތްތައް މެނެޖް ކުރުމަށް އެހީތެރި ވުމާއި،ދަނޑުވެރިކަމާއި މަސްވެރިކަމުގު ތަފާސް ހިސާބު ރަނގަޅުކޮށް މިދާއިރާއިން ސިޔާސަތު ކަނޑައެޅުމަށް ބޭނުންވާ ރަނގަޅު ތަފާސް ހިސާބު އެއްކުރުމަށެވެ.

 

ސީ.ޕީ.އެފް 2018-2020  މެދުވެރިކޮށް ރާއްޖެއަށް އެހީތެރިކަން ދެއްވުމަށް ރޭވިފައިވަނީ ސަރުކާރުގެ ލަނޑުދަނޑި ތައް ޙާސިލް ކުރުމަށް ކަމަށް ވުމާއިއެކު  އެފް.އޭ.އޯ އިން އަލަށް ތައާރަފް މިކުރެވުނު ސީ.އެފް.ޕީއަށް މިނިސްޓަރގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި މިނިސްޓްރ  އެފް  މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑރ.މުހައްމަދު ޝައިނީ ފާހަގަކުރެއްވިއެވެ.

 

 

ޙަބަރު ޑައުންލޯޑް

ފިޝްކޭމްޕް މ.މުލަކުގައި ފަށައިފި

24 އޭޕްރިލް 2018 :- މިނިސްޓްރީން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ " ފިސް ކޭންޕް " މިއޭޕްރިލް މަހުގެ 24 އިން 6 ދުވަހުގެ މުއްދަތައް، މ.މުލަކުގައި ވަނީ ފަށާފައެވެ. މި ކޭންޕް ގެ ސެޝަންތައް ކުރިއަށް ގެންދަނީ ޑިންފެންސް މިނިސްޓްރީ އާއި ގުޅިގެންނެވެ. މި " ފިސް ކޭންޕް " އަމާޒުކޮށްފައި ވަނީ މެރިންސައިސް ކިޔާވާ ދަރިވަރުންނަށެވެ.

މިގޮތުން 4 ސްކޫލަކުން 35 ދަރިވަރުންވަނީ ބައިވެރިވެފައެވެ. މުލަކު ސްކޫލާއި މާލޭ ހިރިޔާި، މ. މަޑުއްވަރީ ސްކޫލާއި، ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ ދަރިވަރުން ހިމެނެއެވެ

މިކޭންޕްގެ މައިގަނޑު މަޤުސަދަކީ ، މެރިންސައިން ކިޔަވާ ދަރިވަރުންނަން ލިބިފައިވާ އަދި އަލަށް ފޯރުކޮށްދޭ މަޢުލޫމާތުގެ އަލީގައި އެކަންކަން އަމަލީގޮތުން ތަޖްރިބާކުރުމުގެ މަގުދަރިވަރުންނަށް ފޯރުކޮށްދިނުމެވެ.

 

 

fishcamp 24th April 2018

ހއ. ހޯރަފުށީ ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގެ ދަނޑު ސެޓިފައިކޮށްފި

GAP

 

 

 

 

               މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ސްކީމަކީ ދުނިޔޭގެ ކާނާއާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ (އެފް.އޭ.އޯ) ގެ ހިލޭ އެހީގެ ދަށުން ދަނޑުވެރިކަންކުރުމުގައި ގެންގުޅެންޖެހޭ ރަނގަޅު އާދަތަކުގެ މައްޗަށް ބިނާކޮށް 2015 ވަނަ އަހަރު ހަދާފައިވާ ސްކީމެކެވެ.

             އެމްގެޕް ސްކީމްގެ މައިގަނޑު މަޤްސަދަކީ ދަނޑުވެރިކަންކުރުމުގައި ގެންގުޅޭ ރަނގަޅު އުސޫލުތަކާއި ސެޓިފިކޭޝަންގެ ޒަރީއާއިން ދަނޑުވެރިކަމުގެ އުފެއްދުންތަކަކީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ތަރުކާރީ އަދި މޭވާ ކަމުގައި ކަށަވަރު ކޮށްދިނުމެވެ. މިސްކީމްގައި ބައިވެރިވުމުން ސްކީމްގެ މިންގަނޑުތައް ފުރިހަމަވޭތޯ ބެލުމަށްފަހު އެމްގެޕް ސްކީމްގެ ދަށުން ދަނޑާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ސެޓިފައިކޮށްދެއެވެ. އަދި ދަނޑުގައި ހައްދާ ތަރުކާރީއާއި މޭވާގައި އެމްގެޕް ލޯގޯ ބޭނުންކުރުމުގެ ހައްޤު ދަނޑުވެރިޔާއަށް ލިބިދެއެވެ. މިސްކީމްގެ ދަށުން ސެޓިފައިވާ ދަނޑުތަކުގެ އުފެއްދުންތަކަކީ ޕެސްޓިސައިޑާއި ގަސް ކާނާއިން ނުވަތަ ދަނޑުހެއްދުމަށް ބޭނުންކުރާ ފެނާއި އެހެނިހެން ގޮތްގޮތުން ތަޢައްޔަރުނުވާ މޭވާ އަދި ތަރުކާރީކަން ކަށަވަރުކޮށްދެއެވެ. ދަނޑުގޮވާމުގެ ބާވަތްތައް ތަޢައްޔަރުވުމުގެ ސަބަބުން ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މަދުވެއެވެ. އަދި ސްކީމްގައި ބައިވެރިވާ ފަރާތްތަކަށް ފޯރުކޮށްދެވޭ ތަމްރީނުތަކުގެ ތެރޭގައި ގަސްކާނާއާއި ގަހަށް ޖަހާބޭސް ބޭނުންކުރާނެ ރައްކާތެރި ގޮތާއި ގަހަށްޖެހޭ ބަލިތައް ފެތުރިފައިވާ ގޮތްތަކާއި ބަލި ފެތުރިފައިވާ މިންވަރާއި ބަލިފެތުރުމަށް އެޅިދާނެ ހުރަސްތަކާއި ބަލި ކޮންޓްރޯލްކުރުމަށް ގެންގުޅޭ ތިމާވެއްޓާ ރަށްޓެހި އެންމެ ޚަރަދު ކުޑަ ގޮތްތައް ނުވަތަ އިންޓަގްރޭޓެޑް ޕެސްޓް މެނޭޖްމެންޓް (އައި. ޕީ. އެމް) ހިމެނެއެވެ. މިގޮތުން ދަނޑުގޮވާންކުރުމާއި އެތަކެތި ގުދަންކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މިސްކީމްގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އިތުރުން ތިމާވެށީގެ ރައްކާތެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތުގައި އަމަލީ ގޮތުން ޙަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ހިމެނެއެވެ.                      

           މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ގުޅިގެން ހިންގާ މިސްކީމްގެވެރި ފަރާތަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއެވެ. އަދި މިސްކީމްގެ ދަށުން ދަނޑުތައް ސަރޓިފައިކުރަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއެވެ. މިގޮތުން އޮޑިޓްކުރެވުނު ދަނޑުތަކުގެ ތެރެއިން އެމް. ގެޕް ސްޓޭންޑަޑްގެ ދަށުން ދިވެހިރާއްޖޭއިން އެންމެ ފުރަތަމަ ސަރޓިފައިވެފައިވަނީ ހއ. ހޯރަފުށީ ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގެ ދަނޑުތަކެވެ. ދަނޑުވެރިންގެ ދުވަހާ ގުޅިގެން ރ.ވާދޫގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމުތަކުގެ ތެރޭގައި ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީއަށް އެމް.ގެޕް ސެޓްފިކެޓް ދެއްވުމާއި ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގެ އުފެއްދުންތަކުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވަނީ ލޯގޯ ހަރުކޮށްދެއްވާފައެވެ.  

 

އިޢުލާން    ޑައުންލޯޑް